Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެންމެ ފަހުން އިޒާމަށް ހުކުމް އިއްވައިފި

ރޭޕްގެ ތުހުމަތުގައިު ހޯދާތާ އެތަކެއް ދުވަސްތަކެއް ފަހުން މި ހަފުތާގައު އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވި ކުރެވުމާއެކު މީހާގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ގދ. ވާދޫ، ސަބާހާ މަންޒިލް، އިޒާމް ޒާހިރު، 25، އެވެ.

އޭނަ އަކީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ކޯޓަށް ހާޒިރު ނުކުރެވިގެން ހުކުމް ނުކުރެވި ހުރު މީހެކެވެ. އޭނަ ހޯދަން ފުލުހުން 9 ފަހަރެއްގެ މަތިން އިއުލާންކޔރި އެވެ. އަދި ފިލައިގެން އުޅުމަށް އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ

އިޒާމަށް މިއަދު ހުކުމް އިއްވި ނަމަވެސް އޭނަގެ ދައުވާއާ ގުޅޭ ތަފުސީލުތަކެއް ނުލިބެ އެވެ.