ގަވާއިދާ ހިލާފަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޑޮލަރު ވިއްކި ބިދޭސީއެއް ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ 20 އަހަރުގެ މީހާ ހައްޔަރުކުރީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްޔެ ޖެހީ 15 ދުވަހެވެ.
ބަންދު އަމުރުގައިވާ ގޮތުން ފުުލުހުން އޭނަ އަތުލައިގަތީ އެއާޕޯޓް ޓާމިނަލް ދޭއްގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން އުޅެނިކޮށެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަތަލުގައި ބައެއް ބިދޭސީން ހައްޔަރުކޮށްފައިވާ އިރު، ކަޅު ބާޒާރުގައި ބިދޭސީން ޑޮލަރު ވިއްކާ މައްސަލަ ދޭތެރެ ދޭތެރެ އިން ފެންމަތިވެ އެވެ.