ހޮލީވުޑްގެ ފިލްމު "ދި އޮޑިސީ" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މިއީ އެކްޝަން ފެންޓަސީ ފިލްމެކެވެ. ޑައިރެކްޓަރަކީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސިކުނޑި ކަމަށްވާ ކްރިސްޓޮފާ ނޯލަން އެވެ.
"ދި އޮޑިސީ" އިން މަޝްހޫރު ތަރިންތަކެއް ފެންނާނެ އެވެ. އެގޮތުން ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ މެޓް ޑޭމަން އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޓޮމް ހޮލަންޑް، އޭން ހެތަވޭ، ރޮބަޓް ޕެޓިންސަން، ލުޕިޓާ ނިއޮންގޯ، ޒެންޑާޔާ އަދި ޝާލީޒް ތެރަން ފަދަ ތަރިން ހިމެނެ އެވެ.
"ދި އޮޑިސީ" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖުލައި 17 ގަ އެވެ. ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ ނޯލަން އާއި އަންހެނުން އެމާ ތޯމަސްގެ ޕްރޮޑަކްޝަން ހައުސް ސިންކޮޕީ އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.
ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން އަދި ވަރަށް ގިނަ ދުވަސް އެބައޮތެވެ. އެކަމަކު މިއޮތީ "ދި އޮޑިސީ" ގެ ޓްރެއިލާ އެވެ. ތަޖުރިބާކޮށްލާށެވެ.
"އިންސެޕްޝަން" އާއި "މެމެންޓޯ" އާއި "އިންސޯމްނިއާ" އާއި "ބެޓްމޭން ބިގިންސް" އަދި "ޓެނެޓް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ނޯލަންގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "އޯޕަންހީމާ" އެވެ.