Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލު ކުރަން ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދު އަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެގޮތަށް ނިންމެވީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ގަރާރަކުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީ ކުރަން ނިންމާފައިވެ އެވެ.

އޭގެ ފަހުން ހިރިމަރަދު އަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް ނިންމެވި އެވެ.

އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވައިފައެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުންނެވެ.

ހިރިމަރަދޫ މީހުން ހަނިމާދު އަށް މީހުން ބަދަލު ކުރުމަށް ނިންމީ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ސަރުކާރުގައި އެދުމުންނެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން ހަނިމާދު އަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވިކަން އިއުލާންކުރީ، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގަ އެވެ.