Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

ސަނީގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުން

ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ޑރ. ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު އެވެ. އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ. އެ ބަންދު އަމުރުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 1، 2026 އަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.

ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.