Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ދެކުނަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހަވީރު 4:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ،

އެލާޓްގެ ވަގުތު މޫސުމާ ބެހޭ އިދާރާ އިން ދަންމައިލީ ފަތިހު 5:00 އިން ފެށިގެން 10:00 އަށް ނެރުނު އެލާޓްގެ ވަގުތު ހަމަވުމާ ގުޅިގެންނެވެ.

ރާއްޖޭގެ އެންމެ ދެކުނަށް ބަލާ އިރު ރެއިން ފެށިގެން މިއަދު ހެނދުނު 9:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ. އަދި ވާރޭއާ އެކު ވައި ގަދަކަން ވެސް ފާހަގަކޮށްލެވެ އެވެ.