Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ޝަރުތު ހަމަވި 41 މީޑިއާ އަށް އެހީ

އެމްއެމްސީގެ މެންބަރުންތަކެއް

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 41 މީޑިއާއަކަށް ފައިސާ ދޫކުރަން ނިންމާފައިވާކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފި އެވެ.

މީޑިއާތަކަށް ދޭ އެހީ އަށް ހުޅުވައިލުމުން 57 މީޑިއާއަކުން ހުށަހެޅި އެވެ. އަދި ޝަރުތު ހަމަވީ 41 މީޑިއާއެކެވެ.

އެހީ ލިބޭ މީޑިއާތަކާއި ލިބޭ އަދަދު މީޑިއާ އެޕްގެ ޕޯޓަލް އިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެމްއެމްބީސީން ބުންޏެވެ.

ކޮމިޝަނުން ބުނީ އެހީ ލިބޭ މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ގޮތަށް، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ކޮމިޝަނުން ޔޫތު މިނިސްްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ކަމަށް ކޮމިޝަމުން ބުންޏެވެ.

އަދި ކޮމިޝަނުގެ މަގުސަދަކީ މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ލިބުން ކަމަށް ވެސް އެމްއެމްބީސީން ބުންޏެވެ. މިއަދަކީ މި އަހަރުގެ އެންމެ ފަހު ދުވަހެވެ.