ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެ އން އިންޑިއާގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކޮށެވެ. އަދި އެ ގެއިން 500 އެމްއެލްގެ ހަތަރު ފުޅި އާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެ އެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ:
* ވަނީ ޕެރިޔަ، 44،
* ސަރަވަނާން ސުބާއިހް، 43،
* ސިތްރިމަން ގަނިސަން، 53،
* ރަވިންދުރަ ކުމާރު، 37، ރާޖާ ރަމަލިންގަމް، 47،
ފުލުހުން މި މީހުން ޑީޕޯޓް ކުރަން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފަިވާ ކަމަށެވެ.
މި ހަފުތާގައި ފުލުހުން މާލޭގައި ހިންގި އެހެން އޮޕަރޭޝަނެއްގައި ބަނގުރަލާ އެކު ނޭޕާލްގެ 6 މީހަކު ވެސް އަތުލައިގަނެ، ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.