ދެކުނުގެ ކޯޓްތަކުގެ އިސްތިއުނާފު މައްސަލަތަކުގެ ފައިލް މީދޫގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅުމަށް ސްޕްރީމް ކޯޓުން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތައް އަންގާފައިވަނީ އެކޯޓްގެ އާންމު ސިޓީ އެއް މެދުވެރިކޮށެވެ.
ސްޕްރީމް ކޯޓުން އާއްމުކޮށްފައިވާ ސިޓީގައި ބުނެފައިވަނީ ހައިކޯޓުގެ ދެކުނު ގޮފި ރަސްމީކޮށް ފެށިވައިވާތީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރަން އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަން އަންގާކަމަށެވެ.
ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެންބަރު 16 ވަނަ ދުވަހުގައެވެ.
ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދަކީ ގއ. ގދ. ޏ. އަދި އައްޑޫ ސިޓީއެވެ .
ސ. މީދޫގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ އިސްފަނޑިޔާރަކަށް މިވަގުތު ހުންނެވީ އަބުދުލް ޣަނީ މުހައްމަދުއެވެ. އެބޭފުޅާގެ އިތުރުން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަޒްމިރަލްދާ ޒާހިރު ކަމަށް އެ ގޮފީގައި މަސައްކަތް ކުރައްވައެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭނީ އެރަށެއް ހިމެނޭ ސަރަހައްދެއްގައި ހުރި ހައިކޯޓުގެ ގޮފީގައެވެ.