Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ތެލެސީމިއާ ބަލި މީހުންނަށް މާދަމާއިން ފެށިގެން އެލަވެންސެއް

ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާދަމާ އިން ފެށިގެން މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2026 ވަނަ އަހަރު އަލަށް ފަށާ ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި، މި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

މިއީ ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ދައުލަތުން މިފަދަ އިނާޔަތެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މި އިނާޔަތް ދިނުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ 11.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓަރީ ވެފައިވެ އެވެ.