Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ރުގްޔާގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ދިގު މުއްދަތަކަށް ޖަލަށް

ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާތައް އުފުލާފައިވަނީ ރ.ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި 12 ދައުވާއެއް އުފުލީ 30 ޑިސެންބަރު 2020ގަ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި 12 ދަޢުވާވެސް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ.

މުޙައްމަދު އަޞީލްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:

1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން / 11 އަހަރަށް ޖަލަށްލުން

2. ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުން / 07 އަހަރަށް ޖަލަށްލުން

3. ޖިންސީ ގޯނާކުރުން / 3 އަހަރަށް ޖަލަށްލުން

4. ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން / 3 އަހަރަށް ޖަލަށްލުން

5. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން / 01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން

6. އަނިޔާއެއް ދިނުން / 02 މަހާއި 12 ދުވަހަށް ޖަލަށްލުން

7. ގައިގައި އަތްލުން / 01 މަހާއި 06 ދުވަހަށް ޖަލަށްލުން

ޖުމްލަ އަދަބު

25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން

އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:

1. ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް / 03 އަހަރަށް ޖަލަށްލުން

2. މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުން / 02 އަހަރަށް ޖަލަށްލުން

3. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން / 01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން

4. ގައިގައި އަތްލުން 1 މަހާއި 06 ދުވަހަށް ޖަލަށްލުން

5. ގައިގައި އަތްލުން / 01 މަހާއި 06 ދުވަހަށް ޖަލަށްލުން

ޖުމްލަ އަދަބު

6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން