Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

އައްޑުއަށް މޫސުން ގޯސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އައްޑޫ ސިޓީ ޕޮލިސް އިން ބުނީ އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގަން ޕޮލިސް އޭރިއާގެ ބައެއް ގޭގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެގޮތުން ގަސް ވެއްޓުމާއި، ގަދަ ވަޔާއެކު ފުރާޅުތައް އެއްލާލުމާއި އަދި ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އެގޮތުން ގަން ޕޮލިސް އިން ގޭގެއަށް ޒިޔާރަތްކޮށް، މަޢުލޫމާތު ސާފުކޮށް، ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް ވަގުުތު ތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.