Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ޚާލިދާ ޒިއާގެ ޖަނާޒާގައި ހައިދަރު ބައިވެރިވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެން ފިއެވެ.

މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގަ އެވެ.

ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރު ހައިދަރު ވަނީ، ރައީސް މުއިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ހާލިދާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ވަގުތީ ޗެއާމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި، ޙައިދަރު ވަނީ ޖަނާޒާގައި ބައިބެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެ އެވެ.