Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) އެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖޭން އުމްރާގެ އަޅުކަމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި އާއްމު ކަމެކެވެ.