Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ހުކުރު ހުތުބާގެ މައުޟޫއުތަކަށް އާންމުންގެ ހިޔާލު ހޯދަނީ

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން 2026 / 1447 ވަނަ އަހަރުގައި ޚުޠުބާ ލިޔުމަށް މައުޟޫޢު ހުށަހެޅުމަށް އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

މިގޮތުން މިނިސްޓްރީން ވަނީ ފޭސްބުކް ޕޯސްޓުގެ ކޮމެންޓު ބައިގައި މި އަހަރު އަޑު އަހަން ބޭނުންވާ މައުޟޫޢުތައް ލިޔުމަށް އެދިފަ އެވެ.