Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

މައުމޫންގެ ސުވާލެއް: މީހުންނަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާން ނުވޭބާ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: ރައީސް އޮފީސް

އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާން ނުވޭތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ އާ އަހަރުގެ މެސެޖަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށް ގޮވުމަށް ލިބޭ ފުރުސަތެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ތަސައްރަފު ފުދޭ ބަޔަކަށް ވާން ނުޖެހޭތޯ ސުވާލު ކުރައްވާފައިވެ އެވެ.

"އަޅުގަނޑުމެން ތަންކޮޅެއް ތަސައްރުފު ފުދޭކަށް ނުވޭބާ؟ ހަމަޖެހިލައިގެން އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާކަށް ނުވޭބާ," މައުމޫންގެ ޕޯސްޓްގައި ވެ އެވެ.

މައުމޫން މުހިންމު ތިން ސުވާލު މައުމޫން އަމާޒުކުރެއްވިއިރު، ސޯޝަލް މީޑިއާ އާއި ޓިކްޓިކް ލައިވްތަކުގައި މީހުންގެ އަބުރަށް އަރައިގަތުން ފަދަ ކަންކަން ވަނީ އާންމު ކަމަކަށް ވެފަ އެވެ.