Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހިން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ރާއްޖޭގެ ކުންފުނިތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ވެސް ހިންގަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތް ދިވެހި އޮޕަރޭޓަރުން ކަމަށެވެ. އަދި އެއާޕޯޓުތަކުގެ ހިންގު ރާއްޖޭގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބޭއްވުމަކީ ސަރުކާރުގެ ސްޓޭންޑް ކަމަށްވެސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން "ދަ ހިންދޫ" ގައި ބުނެފައިވަނީ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށެވެ. އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.