Last Updated: July 9, 17:26
Thursday, July 9, 2026
ޚަބަރު

ބިދޭސީންގެ މާރާމާރީއެއް، ދެ މީހަކު ހައްޔަރުކޮށްފި

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭ 11:23 ހާއިރު އެވެ.

އެ ރިޕޯޓާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ ދެ ބިދޭސީން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީގެ އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.