Last Updated: July 9, 17:19
Thursday, July 9, 2026
ޚަބަރު

ފުލުހުންނަށް ފިލަން އުޅުމުން ޑިންގީ ހިފަހައްޓައިފި

ފުލުހުންނަށް ފިލަން އުޅުނު މީހަކު ދުއްވި ޑިންގީ ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ ރޭ 22:45 ހާއިރު ހުޅުމާލެ ފަޅުތެރޭގައި ބާރު ސްޕީޑުގައި ދުއްވި ޑިންގީއެއް، އެގޮތަށް އަމަލުނުކުރުމަށް ނަސޭހަތްތެރިވުމުން ވެސް ބާރު ސްޕީޑުގައި ދުއްވާނެ ކަމަށް ބުނެ ފުލުހުންނަށް އެއްބާރުލުން ނުދީ ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރުމާ ގުޅިގެން އެ ޑިންގީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.