Last Updated: July 9, 17:26
Thursday, July 9, 2026
ޚަބަރު

ޕީއެންސީގެ މެމްބަރުންގެ އަދަދު 74،000 އިން މައްޗަށް

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 74،000 އިން މައްޗަށް އަރައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަދަދު 43،784 އަށް އަރާފައިވާއިރު، ޖުމްހޫރީ ޕާޓީެ މެމްބަރުންގެ އަދަދަކީ 12،343 އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:

1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784

2. ޢަދާލަތު ޕާޓީ: 8,267

3. ޖުމްހޫރީ ޕާޓީ: 12,343

4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686

5. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 1,710

6. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048

7. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133

8. ދަ ޑިމޮކްރެޓްސް: 2,952

9. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް އެ ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ.