ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:24 ހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.