Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އުރީދޫން ދިވެހި ވިޔަފާރިތަކަށް އެހީތެރިވަނީ!

އުރީދޫގެ ހިދުމަތްތައް ބޭނުން ކޮށްގެން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް "އުރީދޫގެ ބިޒްންސް ޕޯޓްފޯލިއޯ" އެއް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނި ގޮތުގައި ވިޔަފާރިތަކުން އައިސީޓީ (އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ) ގެ ބޭނުން ހިފަން ފަށުމުން އިގްތިސާދީ ގިނަ ފައިދާ ކުރާނެ ކަމަށާއި އަދި ވިޔަފާރިތަކުގެ މުއާސަލާތީ ބޭނުން ތަކަށް އެންމެ އެކަށީގެންވާ ހައްލު އެ ކުންފުނިން ހޯދައިދޭނެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ވިޔަފާރިތަކަށް ބޭނުންވާ އެއްބާރުލުން ދީ އަދި އެ ވިޔަފާރިތައް ކުރި އެރުވުމަށް އެހީތެރި ވުމެވެ.

"އުރީދޫ އަކީ ދުނިޔޭގެ އެެކި ކަންކޮޅު ތަކުގެ ތަފާތު މާކެޓް ތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހިދްމަތް ދެމުންގެންދާ ބައިނަލް އަގްވާމީ މުވާސަލާތީ ޕާޓްނާއެއް. އައިސީޓީ އާއި މުވާސަލާތީ ހިދްމަތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތަޖްރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުގައި ހިމެނޭ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު ހައްލުތައް ދެނެގަނެ، އަލަށް ފަށައިގަންނަ ކުންފުނި ތަކުން ފެށިގެން ބައިނަލް އަގްވާމީ ބޮޑެތި ވިޔަފާރިތަކަށްވެސް އެންމެ ފައިދާކުރާނެ، ހިދްމަތްތައް ފޯރުކޮށްދޭން ފަސޭހަވެގެންދޭ. އަޅުގަޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ވިޔަފާރިތަކަށް ބޭނުންވާ އެއްބާރުލުންދީ އެވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން" ވިކްރަމް ސިންގ ވިދާޅުވިއެވެ

އުރީދޫން ވަނީ މިހަފްތާ ތެރޭގައި ވައިބާ އާއި ގުޅިގެން ޑޭޓާ ޕެކޭޖެއް ނެތި ވައިބާ ބޭނުން ކުރެވޭނެ ދެ ޕެކޭޖެއް ކަސްޓަމރުންނާއި ހަމައަށް ގެނެސްދީފައެވެ.

އުރީދޫން އަންނަނީ ދިވެހި ރާއްޖޭގެ އެކި ދާއިރާތަކަށް ބޮޑެތި ކުރިއެރުންތައް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ، އެގޮތުން ހެޔޮ އަގެއްގައި މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދްމަތް ދިނުމަށް ޗައިނާގެ ހުވާއޭ ކުންފުންޏާއި އެކު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލަކުން ގުޅާލުމަށް ވަނީ މަސައްކަތް ފަށާފައެވެ.