ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީއެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހުންނެވެ. އެއީ އަންހެން 14 ފުލުހުންނާއި ފިރިހެން 52 ފުލުހުންނެވެ.
ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.