Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން ޢަލީ (27އ) އާއި އއ. ފެރިދޫ / އިޙްރާމްގެ، އާއިޝަތު މާޝާ އަޙްމަދު (20އ) އެވެ.

މި އޮޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންނަށްވެސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.