Last Updated: July 11, 19:25
Saturday, July 11, 2026
ކުޅިވަރު

ޔުނައިޓެޑްގެ ކޯޗުކަމުން އަމޮރިމް ވަކިކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ރުބެން އަމޮރިމް ވަކިކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން އަމޮރިމް ވަކިކުރަން ނިންމީ އެ ކްލަބުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނާއި އަދި ކްލަބުގެ ބައެއް ބޯޑު މެމްބަރުންނާއި އަމޮރިމްއާ ޖެހުނު މައްސަލަތަކަކާއި ގުޅިގެންނެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑުން މިދިޔަ ސީޒަން ނިންމާލީ 15 ވަނައިގައި އޮވެ އެވެ. އެއީ، 1973/1974 ވަަނަ ސީޒަނަށް ފަހު ޔުނައިޓެޑްގެ އެންމެ ދަށް އަހަރެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ޔުނައިޓެޑުން ކުޅުނު ނަމަވެސް، ފައިނަލްގައި ޓޮޓެންހަމް އަތުން 1-0 އިން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.

މި ސީޒަނަށް ޔުނައިޓެޑުން ކުރިމަތިލީ ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދައެއްކޮށްގެން ނަމަވެސް، މި ސީޒަނުގައި ރަނގަޅު ކުޅުމެއް އަދި ނަތީޖާތައް ވެސް ރަނގަޅު ކުރެވިފައެއް ނުވެ އެވެ. އެގޮތުން ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ ހަވަނައިގައި ކަމަށްވާއިރު، އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ.

ޔުނައިޓެޑުން އާ ކޯޗެއް ހަމަޖައްސަންދެން އެ ކްލަބްގެ ކޯޗުގެ ޒިންމާ ނަގާނީ ރިޒާވް ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ، ޑަރެން ފްލެޗާ އެވެ.