Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިިކަން ދޭން ނިންމި ދެ މީޑިއާއެއްގެ ފައިސާ ހިފަހައްޓައި 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ފާހަގަކުރެވިގެން އެ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މިކަން ހައްލުކޮށް ނިމެންދެން އެ ޕޭމެންޓް ހިފަހައްޓާފައި ބެހެއްޓުމަށް ޔޫތް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް، ބާކީ 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނި ގޮތުގައި މިހާރު ދައުލަތުގެ އެހީ ލިބިގެންދާނީ ޖުމްލަ 40 މީޑިއާއަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފަ އެވެ.