Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ މިވަގުތު މަޖިލިސް ޗުއްޓީގައި އޮއްވާ މަދު އަދަދެއްގެ މެމްބަރުންނާއެކު ޖަލްސާތައް ބާއްވަމުން ގެންދަނީ ގާނޫނު އަސާސީގެ 83 އަދި 88 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އަދި އެކަށީގެންވާ ވަގުތެއް ނުދީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެކަން އަންގައި ޖަލްސާތައް ބާއްވަމުންދާއިރު މިވަގުތުން ވަގުތަށް ނިންމަން ޖެހޭ މުހިންމު މައްސަލައެއް ވެސް ނެތް ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީ މެމްބަރުން މި ދުވަސްވަރު ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުރުން ބޭރުން މިހާރު މަޖިލީހުގައި ޖަލްސާތައް ބާއްވަނީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލުމާއި، ޕެންޝަން ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ރައީސްގެ މަގާމަށް އައިޝަތު ރަމީލާ އައްޔަންކުރުމުގެ މަސައްކަތް ކުރުމަށެވެ.