Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ހަދަމުންދާ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި ހަދަމުންދާ އިމާރާތެއްގައި ރޭ އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭ 23:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.