Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

14 ރަށެއްގައި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފި

ޕްލޭނިން މިނިސްޓްރީން 14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ:

* ނ. ހެނބަދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން

* ނ. ހޮޅޮދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން

* ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން

* ދ. ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން

* ނ. މާފަރު ހިއްކުމުގައި ގޮނޑުދޮށް ޙިމާޔަތްކުރުން

* ރ. އުނގޫފާރު ބަނދަރު ތަރައްޤީކުރުން

* ހއ. މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުން

* ހއ. އިހަވަންދޫ އާޓިފިޝަލް ބީޗް ތަރައްޤީކުރުން

* ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން

* ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން

* ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން

* ގދ. ފަރެސްމާތޮޑާ މަގު ހެދުން (ދެވަނަ ފިޔަވަހި)