Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ހާލު ދެރަވެގެން ރާއްޖެ ގެންނަނީ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން، ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ބަލިވި މި މީހާއަށް މިހާރު ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އަދި އެ މީހާ ރާއްޖެ ގެނައުމުގެ އިންތިޒާމުތައް އާއިލާއާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށާއި، އުންމީދަކީ މި މަހުގެ 10 ވަނަ ދުވަހު އެ މީހާ މާލެ ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތުގައި އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހާއްސަކޮށް މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.