Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށާއި ރޯދަމަހުގެ ކުރިން އެ އަދަދު 300 އަށް އަރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވަނީ މިދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިދިޔަ ރަމަޟާން މަހު 24 ހާފިޒުން ދަސްވެނިވިކަން ޝަހީމް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުންދާ ކަމަށާއި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.