ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސަކަށް ޑރ. އައިޝަތު ރަމީލާ ޢައްޔަންކުރައްވައިފި އެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުން އެ ކަމަނާ އިސްތިއުފާދެއްވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.