Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

އަހަރުގެ ފުރަތަމަ 6 ދުވަހު 43،000 ޓޫރިސްޓުން

މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 43،481 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 37،928 ފަތުރުވެރިންނަށްވުރެ 14.6 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ހަ ދުވަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 9،137 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 7،047 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 973 ގެސްޓްހައުސް އާއި 168 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،641 އެވެ.