Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ދުވަސްވީ އަންހެނަކާއި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގޯޅިގަނޑެއްގައި އުމުރުން ދުވަސްވީ މީހަކާއި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއް ރޭ 20:59 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ،30، މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.