ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކ. ގަމަރުކިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި މި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.