Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޑްރަގް ކިލޯއަކާ އެކު 2 މީހަކު ހައްޔަރަށް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮަޕެރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު، 23، އާއި ހ. ސަކީނާމަންޒިލް، މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު، 31، އެވެ. މި ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 7 ދުވަސް ޖަހާފައިވާ އިރު، މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.