Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އަންހެނަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

ދުވަސްވީ އަންހެނަކަށް ހަމަލާދިން މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ ގަލޮޅު ހަލަވެލި ގޯޅީގައި ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

އަންހެން މީހާ އަށް އިމްރާން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެނެއްގެ މޫނު މަތީގައި އަތުން ތަކުރާރުކޮށް ޖަހައި މާރާމާރީ ހިންގާ ތަން ފެނެ އެވެ.