އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު ގިނަ އަދަދެއްގެ ފައިސާތަކެއް ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށް ދީފައިވާ ކަމަށް އައްޑޫ ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދި ބުނީ އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓަކުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވުނު މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 25 ގައި ކަމަށެވެ. އެގޮތުން ޖުމްލަ 28،002ރ. ޖަމާކުރެވިފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަނުން ބީއެމްއެލްއާ ގުޅިގެން ކުރި މަސައްކަތުން ފައިސާ ޓްރާންސްފަވި މީހާ ދެނެގަނެ، އެ މީހާގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވުނު ފައިސާ މި މަހުގެ 6 ވަނަ ދުވަހު ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށް ދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.