Last Updated: June 6, 14:01
Saturday, June 6, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ ދަރިފުޅަށް ކިޔަނީ ވިހާން

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ދަރިފުޅުގެ ނަން އިއުލާންކޮށްފި އެވެ.

ކެޓްރީނާ އާއި ފިރިމީހާ އެކްޓަރު ވިކީ ކޯޝަލްގެ ދަރިފުޅުގެ ނަމަކީ ވިހާން ކޯޝަލް އެވެ.

މި ނަމަކީ ވިކީ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ފިލްމު އުރީ: ދަ ސާޖިކަލް ސްޓްރައިކްގައި އޭނަގެ ކެރެކްޓާގެ ނަމެވެ. ވިކީ ސިފައިންގެ މީހެއްގެ ރޯލު ކުޅުނު ކާމިޔާބު އެ ފިލްމުގައި ކުޅުނު ކެރެކްޓާގެ ފުރިހަމަ ނަމަކީ މޭޖާ ވިހާން ސިންގް ޝެރްގިލް އެވެ. އުރީ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު ދުރަންދަރުގެ ޑައިރެކްޓަރު އަދިތިޔާ ދާރްގެ އަލަތު ޑައިރެކްޝަނެވެ.

ދަރިފުޅުގެ ނަން އިއްޔެ ސޯޝަލް މީޑިއާގައި ކެޓްރީނާ ދެމަފިރިން ހިއްސާކުރުމާ އެކު ވަރަށް ގިނަ ބަޔަކު މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ވެސް ހަމަޖައްސާފައިވާ ކެޓްރީނާ ވިހެއީ ނޮވެމްބަރު މަހުގެ 7 ގަ އެވެ.