Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

އެޗްޕީއޭގެ ވެރިޔާ މައިމޫނާ ރިޓަޔަ ކުރަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔަކުރަން ނިންމަވައިފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ މައިމޫނާ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2016 އިިން ފެށިގެންނެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ އެ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ.

އެގޮތުން ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި މައިމޫމާ ވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ސިއްޙީ ދާއިރާ އަށް 1990 ގައި ޚިދުމަތަށް ނުކުންނެވުމަށް ފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވައިފަ އެވެ.