ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ.
ކޮމިޝަންގެ މުވައްޒަފަކލަޑް ފަޒީނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް އަދި ފަޒީން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް އޭނަ ބްރޯޑްކޮމްގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައިވާ ގޮތުން ފަޒީން ވަނީ ޖިންސީ ފުރައްސާރަ އަމާޒުވި މުވައްޒަފުގެ ނުރުހުމުގައި އޭނާގެ ގައިގައި އެކި ފަހަރު މަތިން އަތްލައި ރަސްމީ ނޫން މަސައްކަތްތަކުގައި އެ މުވައްޒަފަށް ގުޅައި ބޭއަދަބީކޮށް ވާހަކަ ވެސް ދައްލާފައިވެ އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަޒީނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ އެ މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީން މައްސަލަ ބެލީ ސިއްރުކޮށްގެންނެވެ.