Last Updated: June 6, 14:01
Saturday, June 6, 2026
މުނިފޫހިފިލުވުން

ޓޮކްސިކްގެ ޓީޒާ ދައްކާލައިފި

މި އަހަރު ސިނަމާތަކަށް އަންނަން ހުރި އިންޑިއާގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސްގެ ޓީޒާ ދައްކާލައިފި އެވެ.

މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލު ފެންނާނެ މި ފިލްމަކީ ގީތޫ މޯހަންދާސް ލިޔެ، ޑައިރެކްޓްކޮށްފައިވާ ޕީރިއަޑް ގޭންސްޓާ ފިލްމެކެވެ. މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މާޗް 19 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ޓޮކްސިކްގެ ކާސްޓްގައި ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ހުމާ ގްރޭޝީ، ނަޔަންތަރާ، ރުކްމިނީ ވަސަންތު، އަކްޝޭ އޮބެރޯއީ، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނެ އެވެ.

ޓޮކްސިކް އަކީ 2022 ގެ ކޭޖީއެފް: ޗެޕްޓާ 2 އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ޔާޝްގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިތުރުން މި އަހަރު ޔާޝް އެހެން ފިލްމަކުން ވެސް ފެންނާނެ އެވެ. އެއީ އަހަރުގެ ފަހިކޮޅަށް ތާވަލުކޮށްފައި އޮތް ރަންބީރް ކަޕޫރްގެ ހުރާފީ ފިލްމު ރާމާޔަން: ޕާޓް 1 އެވެ.