Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ދިވެހިންނާއި، ބަރަކާތްތެރި ޒަމްޒަމް ފެން

ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުގައި މާތް ﷲ ވަނީ ބަލިތަކަށް ޝިފާ ލައްވައިފަ އެވެ. އަދި އެފެން ވަނީ ކެއުމަށް ވެސް ފުދޭނެ ފެނެއް ކަމުގައި ލައްވައި ފައެވެ. އަދި އެއީ ބަނޑުހައި ހޫނުކަން ފިލުވައިދޭ ފެނެއް ވެސް މެއެވެ.

އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އަކީ މުސްލިމުން އުޅޭ ގައުމަކަށްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ޒަމްޒަމްފެން ބުއިމަށް ބޭނުން ވެއެވެ. އަދި ޒަމްޒަމްފެން ބުއިމަށް ލިބިއްޖެނަމަ އަޅުގަނޑުމެން އުފާކުރެ އެވެ.

މިކަން ތިރީގައިވާ ވީޑިއޯ އިން ނިކަން ރަނގަޅަށް ދައްކުވައި ދެ އެވެ.

މިއީ ޒަމްޒަމްފެނުގެ ފެށުން އައި ގޮތާއި އެވަޅުކޮޅު ތަރައްޤީވަމުން އައިގޮތާއި މިހާރު އެފެން ބޭނުން ކުރެވެމުންދާ ގޮތް ދައްކުވައި ދިނުމަށް މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ރަސްމީ ޔޫޓިއުބް ޗެނަލުގައި ޢާއްމުންނަށް ދޫކޮށްލާފައިވާ ވީޑިއޯއެކެވެ.

މި ވީޑިއޯ އިން ޒަމްޒަމްފެނާ ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިއްބައި ދޭނެ އެވެ.