Last Updated: June 6, 14:01
Saturday, June 6, 2026
ދުނިޔެ

ކެނެޑާގެ ބޮޑުވަޒީރު ޗައިނާ އަށް ވަޑައިގަންނަވަނީ

އަހަރުތަކެއް ފަހުން ކެނެޑާގެ ވެރިޔަކު ރަސްމީ ދަތުރެއްގައި ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ހަތަރު ދުވަހުގެ ދަތުރެއްގައި ޗައިނާ އަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ތެތޭގައި ކަމަށެވެ. އެގޮތުން މި މަހުގެ 13-17 އަށް ބޮޑުވަޒީރު ކުރައްވާ ދަތުރުގައި ޗައިނާގެ ސަރުކާރާގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވާނެ އެވެ.

ދެ ގައުމުން މަޝްވަރާ ކުރާނެ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި ހަކަތަ އާއި ދަނޑުވެރިކަމުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ގޮތުން ވެސް ކެނެޑާ އާއި ޗައިނާ އިން މަޝްވަރާތައް ކުރާނެ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ކާނީ ޗައިނާ އަށް ރަސްމީ ދަތުރެއް އަންނަ ހަފުތާގައި ފައްޓަވާ އިރު، އެ ގައުމަށް އޭނަ ވަޑައިގަތުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިި ޗައިނާގެ ރައީސް ޝީ ޖިންޕިން ދައުވަތު ވެސް ދެއްވާފައިވެ އެވެ. އެއީ ދެކުނު ކޮރެއާ އިން ބައްދަލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ކެނެޑާގެ ބޮޑުވަޒީރުކަމާ ކާނީ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ މާޗް 14 ގަ އެވެ.