Last Updated: June 6, 14:01
Saturday, June 6, 2026
މުނިފޫހިފިލުވުން

ޔާމީ އަނެއްކާ ވެސް ހޮރޯ-ކޮމެޑީއެއް ކުޅެނީ

ކުރިން ވެސް ހޮރޯ-ކޮމެޑީއެއް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް އަނެއްކާ ވެސް އެ ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު ތެރެ އިޝްގް މޭ ގެނެސްދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނުން ހަދަން ނިންމާ ފިލްމެއް ކަމަށެވެ. "ނައީ ނަވޭލީ" ގެ ނަން ދީފައިވާ މި ފިލްމަކީ ދިވީ ނިދީ ޝަރުމާގެ ސްކްރީޕްލޭއަކަށް ތަމަޅަ ޑައިރެކްޓަރު ބާލާޖީ މޯހަން ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

އޭނަ އަކީ 2015 ގެ ފިލްމު މާރީގެ ޑައިރެކްޓަރެވެ.

"ނައީ ނަވޭލީ" ގައި ކިޔައި ދޭނީ އަކީ ހިޔާލީ ހުރާފީ ވާހަކައައެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ދިވީ އަކީ ސިތާރޭ ޒަމީން ޕަރް އާއި ލާޕަތާ ލޭޑީސްގެ ވެސް ސްކްރީން ރައިޓަރެވެ.

އާ ހޮރޯ-ކޮމެޑީއަކަށް ޔާމީ ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އަލަތު ހޮރޯ ކޮމެޑީ 2021 ގެ "ބޫތު ޕޮލިސް" އެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ޖެކްލީން ފެނަންޑޭޒްގެ އިތުރުން އަރުޖުން ކަޕޫރް ވެސް ހިމެނެ އެވެ.

ޔާމީ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމު "ދުރަންދަރު" ގެ ޑައިރެކްޓަރު އަދިތިއާ ދާރްގެ އަންހެނުންނެވެ. ޔާމީގެ އެންމެ ފަހުގެެެ ފިލްމަކީ މިދިޔަ ނޮޮވެންބަރުގައި ރިލީޒްކުރި ކޯޓް ޑްރާމާ "ހަޤް" އެވެ.