ޒަކާތް ދެއްކުން އިތުރަށް ފަސޭހަކުރުމަށްޓަކައި ޒަކާތު ހައުސް އާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަ ޢަބްދުﷲ ޢަލީ އެވެ. އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޔާނިއު ރަމީޒެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. މި އެއްބަސްވުމުގެގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް އޮތް ރޯދަ މަހު ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރާނެ އެވެ.
އަދި އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާ އިރު އިތުރު އެއްވެސް ފީއެއް ނުނަގާނެއެ ވެ. މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައި ވެސް ފީއެއް ނުނަގާނެ އެވެ.