ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތަައް އިސްތިއުނާފްކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހަމަޖައްސަވައިފި އެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ސުޕީރިއާ އެހެން ކޯޓެއްގެ ފަނޑިޔާރެކެވެ. އަދި، އެއީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނުއިންނަވާ ފަނޑިޔާރުންނަށް ވާން ޖެހެ އެވެ.
ހައި ކޯޓުން ބުނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ހުޒެއިފާ ހަމަޖެއްސީ މިއަދު ކަމަށެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ބޭނުމަކީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމާ ނިންމުންތައް އިސްތިއުނާފްކުރެވޭ މައްސަލަތައް ބެލުމާއި އޭގައި ގޮތެއް ނިންމުމެވެ.