އައްޑޫ ފޭދޫން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ފޭދޫ، ހަމްދަރުދީގޭ، ޙައްވާ ރާއިދާ މުނީރު، 19، އެވެ.
ފުލުހުން ބުނީ ރާއިދާ ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް މިއަދު މެންދުރު 14:52 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ވަނީ ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.