ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމް އެވެ.
ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ ގއ. ވިލިނގިލީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
ހައުސިން މިނިސްޓްރީން ވަނީ މި ހަފްތާތެރޭގައި 14 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ.