އިންޑިއާ ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން، ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ދެން ބައިވެރިވެވަޑައިގެންނެވީ، މަޖިލީހުގެ ޗީފް އޮފް ބިއުރޯ އަހުމަދު ނިހާން އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ މައުލޫމާތެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.
މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް ބައެއް މަސައްކަތްތައް ކުރުމަށް ދައުރުން ބޭރުގައި އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ.